ކާއިރު އަތުން ހިފާ މާސްކެއް ޖަޕާނުން އީޖާދުކޮށްފި

ކޯވިޑުގެ މި ހާލަތުގައި ރެސްޓޯރެންޓްތަކަށް ގޮސް ކާއިރު، އަތުން ހިފާ މާސްކެއް ޖަޕާނުން އީޖާދުކޮށްފިއެވެ. ޖަޕާނުގެ ކިޔޯޓޯގެ ކުންފުންޏަކުން އީޖާދުކުރި މި މާސްކަކީ ބަޔަކާއެކުގައި ކެއުމަށް އިންސާފުކުރާއިރު،...

28 Aug 2020 | 14:50

ކޯވިޑުގެ މި ހާލަތުގައި ރެސްޓޯރެންޓްތަކަށް ގޮސް ކާއިރު، އަތުން ހިފާ މާސްކެއް ޖަޕާނުން އީޖާދުކޮށްފިއެވެ.

ޖަޕާނުގެ ކިޔޯޓޯގެ ކުންފުންޏަކުން އީޖާދުކުރި މި މާސްކަކީ ބަޔަކާއެކުގައި ކެއުމަށް އިންސާފުކުރާއިރު، ކާ ވަގުތު ނޫން ވަގުތުތަކުގައި އަތުން ހިފައިގެން އަނގަޔާއި ނޭފަތް ނިވާ ކުރެވޭނޭހެން އުފައްދާފައިވާ މާސްކެކެވެ.

މި މާސްކުގެ ޕްރޮޓޯ ޓައިޕްގެ ޓެސްޓެއް މި މަހުގެ 25 ވަނަ ދުވަހު ކުރިއަށްގެންގޮސްފައިވެއެވެ. 20 މީހަކު ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ޓެސްޓަށްފަހު މިހާރު މަސައްކަތް ކުރަމުން އަންނަނީ މި މާސްކު މާކެޓަށް ނެރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް