އިދިކޮޅު ސައިކަލު ބުރު އެޗްޕީއޭގެ މިންގަނޑު ތަކަށް ނުފެތޭ، ފިޔަވަޅު އަޅާނަން: ޕޮލިސް

ސިޔާސީ އިދިކޮޅު ކޯލީޝަނުން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މިންގަނޑުތަކަށް ނުފެތޭ ކަމަށާއި ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅާނެ ކަމުގައި ފުލުހުން ބުނެފިއެވެ. އެގޮތ...

28 Aug 2020 | 14:36

ސިޔާސީ އިދިކޮޅު ކޯލީޝަނުން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މިންގަނޑުތަކަށް ނުފެތޭ ކަމަށާއި ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅާނެ ކަމުގައި ފުލުހުން ބުނެފިއެވެ.

އެގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށާއި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށެވެ.

ސިޔާސީ އިދިކޮޅު ދެ ޕާޓީ ކަމުގައިވާ ޕީޕީއެމް އަދި ޕީއެންސީން މިއަދު މާލޭގެ މަގުތަކުގައި ސައިކަލު ބުރެއް ބާއްވާފައިވަނީ " ގައުމު ވިއްކާލުމާއި ދެކޮޅަށް" މި ނަމުގައެވެ. މި ސައިކަލު ބުރުގައި ގައުމު ވިއްކާ ނުލުމަށާއި ރައީސް ސޯލިހް އިސްތިއުފާ ދިނުމަށް ގޮވާލާފައިވެއެވެ.

މި ހަރަކާތް އިދިކޮޅުން ކުރިއަށް ގެންގޮސްފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިންގައިވާގޮތުން ހަތަރު މީހުންނަށްވުރެ ގިނަ މީހުން އެކުގައި ބޭރުގައި އުޅުމަކީ މަނާކަމެކެވެ. އަދި މާސްކު ނާޅާ އުޅުމަކީވެސް މަނާކަމެކެވެ. އިޖްތިމާއީ ގައިދުރުކަންވެސް ގާއިމްކުރަން ޖެހެއެވެ. މި ފިޔަވަޅު ތަކަކީ ކޯވިޑް-19 ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް