ކޮމަން ވެލްތް ގޭމްސްގައި ރާއްޖެއިން އަލުން ބައިވެރިވެވޭނެކަން އަންގައިފި

ކޮމަން ވެލްތް ގޭމްސް ފެޑެރޭޝަންގައި ރާއްޖެއިން އަލުން ބައިވެރިވެވޭނެ ކަން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން ( ސީޖީއެފް) އިން އަންގާފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅު...

28 Aug 2020 | 12:06

ކޮމަން ވެލްތް ގޭމްސް ފެޑެރޭޝަންގައި ރާއްޖެއިން އަލުން ބައިވެރިވެވޭނެ ކަން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (

ސީޖީއެފް) އިން އަންގާފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް އަލުން ލިބުނުކަން ހުކުރު ދުވަހުގެ ވަގުތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވާފައެވެ. ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖެއަށް ކޮމަންވެލްތު ގޭމްސްއިން ފުރުސަތު ލިބުނުކަން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ ރައީސް ލިޔުމަކުން އަންގާފައިވާ ކަމަށެވެ. އަދި ރާއްޖެ އަލުން ގޭމްސްގައި ބައިވެރިވުމުގެ ހުއްދަ ދިނުމަށް އެއްބާރުލުންދިން މެންބަރު ގައުމުތަކަށް ޝުކުރުއަދާކރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

https://twitter.com/ibusolih/status/1299287790350286851

ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ ކޮމަންވެލްތު ގޭމްސްގައި އަލުން ރާއްޖޭގެ އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ކުޅިވަރު އާއިލާއަށް ލިބުނު ބޮޑު އުފަލެއް ކަމަށާއި، މި ފުރުސަތު އަލުން ދެއްވި ކަމަށްޓަކައި ކޮމަންވެލްތުގެ ރައީސްއަށް ޝުކުރުއަދާކުރާ ކަމަށެވެ.

ރާއްޖެއިން ވާދަކުރަމުން އަންނަ ކޮމަންވެލްތު ގޭމްސް އަދި ކޮމަންވެލްތު ޔޫތު ގޭމްސްއަކީ ރާއްޖޭގެ އެތުލީޓުން ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާ ވާދަކޮށްލަން ލިބޭ ރަނުގެ ފުުރުސަތެކެވެ. މި ފުރުސަތު ރާއްޖެއަށް ގެއްލުނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކޮމަންވެލްތުން ވަކިވާން ރާއްޖެއިން ނިންމުމާ ގުޅިގެންނެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ށްވުރެ ގިނަ އެތުލީޓުން ބައިވެރިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް