ފަރުވާއަށް އެމެރިކާއަށް ދާން ސަންޖޭ ދަތު ފަސް އަަހަރަށް ވިސާ ހޯދައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ފަރުވާއަށް އެމެރިކާއަށް ދިޔުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ސަންޖޭ އެމެރިކާއަށް ދިޔުމަށް ތައްޔާރުވާއިރު މިހާރު އޭނާ އަންނަނީ އެ ދަތުރ...

28 Aug 2020 | 11:04

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ފަރުވާއަށް އެމެރިކާއަށް ދިޔުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަންޖޭ އެމެރިކާއަށް ދިޔުމަށް ތައްޔާރުވާއިރު މިހާރު އޭނާ އަންނަނީ އެ ދަތުރުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ސަންޖޭ މިހާރު ވަނީ ފަސް އަހަރުގެ ވިސާ ވެސް ހޯދާފަ އެވެ. އަންނަ މަސްތެރޭ ސަންޖޭ އޭނާގެ ފަރުވާއަށް ފުރާއިރު އޭނާއާއެކު އޭނާގެ އަނބިމީހާ އާއި ދެތަރިންގެ އިތުރުން ސަންޖޭގެ ކޮއްކޮ ވެސް އެމެރިކާއަށް ދާނެ އެވެ.

ފުއްޕާމޭ ކެންސަރުޖެހި ހަތަރު ވަނަ ސްޓޭޖުގައި ސަންޖޭ ހުރިއިރު މުމްބާއީގެ ކޮކިލާބިން ހޮސްޕިޓަލްގައި އޭނާ ވަނީ ކީމޯތެރަޕީގެ ފަށާފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސަންޖޭ އެމެރިކާއަށް ގޮސް ކެންސަރު ބައްޔަށް ފަރުވާ ހޯދާނީ ނިއުޔޯކްގެ މެމޯރިއަލް ސްލޯން ކިޓެރިން ކެންސަ ސެންޓަރުން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް