އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އަންހެން ދަރިއެއް ވިހައިފި އެވެ.
އިއްޔެގެ ވަގުތެއްގައި ކޭޓީ ވަނީ އޭނާގެ އަލަތު ދަރިފުޅުގެ މޫނު ނުފެންނަ ގޮތަށް ފޮޓޯއެއް ނެގުމަށްފަހު އިންސްޓަގްރާމްކޮށްފަ އެވެ. އެ ދަރިފުޅަށް އޭނާ ދީފައިވާ ނަމަކީ، ޑެއިޒީ ޑަވް ބްލޫމް އެވެ.
https://www.instagram.com/p/CEYmtQInzo9/?utm_source=ig_web_copy_link
ކޭޓީ އާއި އޭނާގެ ލޯބިވެރިޔާ އަދި ފިލްމީ ތަރި އޯލަންޑޯ ބްލޫމް ވެސް ވަނީ ދަރިފުޅާއެކު ނަގާފައިވާ ފޮޓޯ އިންސްޓަގްރާމް ކޮށްފަ އެވެ. އެއާއެކު ދެތަރިންގެ ފޭނުން އަންނަނީ ދެތަރިންނަށް މަރުހަބާ ކިޔަމުންނެވެ.
ކޭޓީ ޕެރީ އާއި އޭނާގެ ލޯބިވެރިޔާ އޯލަންޑޯ ބްލޫމް އެންގޭޖްވީ މިދިޔަ އަހަރުގެ ލޯބިވެރިންގެ ދުވަހު އެވެ.
އުމުރުން 35 އަހަރުގެ ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި އޭނާގެ ލޯބިވެރިޔާ އޯލަންޑޯ ބްލޫމް 43، ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ އަނެއް އަހަރު ރުޅިވި ނަމަވެސް ރުޅިވިތާ 10 މަސްތެރޭ ދެތަރިން ވަނީ އަލުން ގުޅިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް