ހޯމް އެޕްލިއާންސަސް އާއި އިލެކްޓްރޯނިކްސް އަދި ސްމާޓް ފޯނުވެސް އުފެއްދުމުގައި މަޝްހޫރު އެލްޖީ ކުންފުނިން "ޕޯޓެބަލް އެއަރ ޕިއުރިފަޔަރ މާސްކް" އެއް އުފައްދައިފިއެވެ.
"ޕިއުރިކެއަރ" ގެ ނަމުން ނަން ދީފައިވާ މި މާސްކު އުފައްދާފައިވަނީ "އެޗް13 އެޗްއީޕީއޭ" ގެ ފިލްޓަރު ހިމަނައިގެން ކަމަށާއި މި ފިލްޓަރުން ސާފު ވައި ތާޒާކަމާއެކު ލިއްބައިދޭނެ ކަމަށް އެލްޖީން ބުނެއެވެ.
އަދި މި މާސްކުގައި އެކުލެވިފައިވާ ސެންސަރ ތަކުން، އިންސާނާ ނޭވާލާ ސްޕީޑް ދެނެގަނެ، އޭގައި ހަރުކުރެވިފައިވާ ފަންކާތައް ތިން ސްޕީޑަކަށް އޮޓޯއިން އެޖަސްޓް ކޮށްދޭނެ ކަމަށްވެސް އެލަޖީން ބުނެއެވެ.
މި މާސްކު ތައްޔާރުކޮށްފައިވަނީ މޫނުތަކަށް ފިޓު ވާނެހެން، ވައި ލީކު ނުވާނެ ފަދަ ގޮތަކަށް ކަމުގައިވެސް ބުނެފައިވެއެވެ. މީގެ އިތުރުން މި މާސްކުގައި 820 އެމްއޭއެޗްގެ ބެޓެރީއެއް ހިމަނާފައިވާއިރު ރީޗާޖް ނުކޮށް ލޯ މޯޑްގައި އަށް ގަޑިއިރު އަދި ހައި މޯޑްގައި ދެ ގަޑިއިރު ބޭނުން ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން މި މާސްކު ވިއްކަން ނިންމާފައިވަނީ ޔޫވީ ލެޑް ލައިޓްސް އެކުލެވޭ ކޭސް އަކާ އެކުގައި ކަމަށާއި މީގެ ފިލްޓަރު ބަދަލުކުރަން ޖެހުމުން އަދި ޗާޖު ކުރަން ޖެހުމުން އެކަން ސްމާޓް ފޯނަށް ނޮޓިފައި ކޮށްލެވޭ ގޮތަށް ކަމުގައިވެސް އެލްޖީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް