"ހުދު ބަޓު" އަދި "ކަޅު ބަޓު" ރާއްޖެއިން ބޭރު ކުރުމުގެ ހުއްދަ ދިނުން ހުއްޓާލަން ނިންމައިފި

ރާއްޖެއިން ބޭރުގެ ގައުމުތަކަށް އާންމުގޮތެއްގައި އެކްސްޕޯޓްކުރާ ހުއިފިލަނޑާގެ ދެ ބާވަތެއް ކަމުގައިވާ "ހުދު ބަޓު" އަދި "ކަޅު ބަޓު" އެކްސްޕޯޓް ކުރުމުގެ ހުއްދަ ދިނުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އެންވަޔަ...

28 Aug 2020 | 07:28

ރާއްޖެއިން ބޭރުގެ ގައުމުތަކަށް އާންމުގޮތެއްގައި އެކްސްޕޯޓްކުރާ ހުއިފިލަނޑާގެ ދެ ބާވަތެއް ކަމުގައިވާ "ހުދު ބަޓު" އަދި "ކަޅު ބަޓު" އެކްސްޕޯޓް ކުރުމުގެ ހުއްދަ ދިނުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ނިންމައިފިއެވެ.

އެގޮތުން ޕީއެސްއެމްގައި ބުނެފައިވާގޮތުގައި މި ނިންމުން ނިންމާފައިވަނީ މި ދެ ބާވަތުގެ އާބާދީ މަދުވަމުންދާތީއެވެ. އާލާވާ މިންވަރަށްވުރެ ނަގާ މިންވަރު އިތުރުވެ އަބާދީއަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވެފައިވާތީއެވެ.

މިހާތަނަށް މި ދެބާވަތުގެ ބަޓުވެސް އެކްސްޕޯޓް ކުރެވެނީ އެންވަޔަރަންމަންޓް މިނިސްޓްރީން ހުއްދަ ހޯދައިގެންނެވެ.

މި ހުއްދަ އިތުރަށް ނުދޭން ނިންމާފައިވާއިރު، ރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީ، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާގޮތުގައި މި ބާވަތްތަކުގެ ހުއިފިލަނޑާ ރާއްޖެއިން ނެތި ދިއުމުގެ ފުރުސަތު އެބަ އޮތެވެ.  އަދި މި ހުއްދަ އަލުން ދޫކުރަން ފަށާނީ އޭގެ އާބާދީ ދެމެހެއްޓުމަށް ގެއްލުން ނުވާ މިންވަރެއް ކަމަށް އެ އިންސްޓިޓިއުޓުން މިނިސްޓްރީއަށް އެންގުމުން ކަމުގައި އެ މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް