ކިވާއީ: ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ތަފާތު ސާމަނު ލިބޭ ތަފާތު ފިހާރައެއް

ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަފާތު ސާމާނު އެއްތަނަކުން ހޯދުމަށް ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް "ކިވާއީ" ފިހާރައިން އެފުރުސަތު މިވަނީ ފަހިކޮށްދީފައެވެ. ގޭތެރޭ ބޭނުންކުރާ ތަފާތު އަދި ކޮލިޓީ...

28 Aug 2020 | 05:32

ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަފާތު ސާމާނު އެއްތަނަކުން ހޯދުމަށް ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް "ކިވާއީ" ފިހާރައިން އެފުރުސަތު މިވަނީ ފަހިކޮށްދީފައެވެ. ގޭތެރޭ ބޭނުންކުރާ ތަފާތު އަދި ކޮލިޓީ ސާމާނު މިފިހާރައިން ލިބެން ހުންނާނެ އެވެ.

މިފިހާރައަކީ އާންމުންގެ މަގުބޫލުކަން ހޯދާފައިވާ "ކަވާއީ" ފިހާރައިގެ ރީބްރޭންޑެކެވެ. މިހާރު ދިމާވެފައިވާ ކޮވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން މިފިހާރައިން މިހާރު މިވަނީ ގޭގައި ތިބެގެން ތަކެތި އޯޑަރުކޮށްލެވޭނެ ގޮތް ވެސް ފަހިކޮށްދީފައެވެ. އެގޮތުން ކިވާއީގެ ވެބްސައިޓް (https://www.kivaii.com) މެދުވެރިކޮށް ފިހާރައިގައި ވިއްކަން ހުރި ގިނަ ސާމާނު އޯޑަރު ކުރެވޭނެއެވެ. ވެބްސައިޓް މެދުވެރިކޮށް އެއްޗިހި ގަތުމަށް އެންމެ ފުތަމަ ބޭނުންވާ ސާމާނު ހިޔާރު ކުރެއްވުމަށް ފަހު (ކާރޓް) ޗެކްއައުޓް ވުމުން ބިލިންގް ޑީޓެއިލްސް ފުރިހަމަ ކުރަން ޖެހޭނެއެވެ. އެއަށް ފަހު ޕޭމަންޓް ޑީޓެއިލްސް ހިޔާރުކުރާށެވެ.

ކިވާއީގެ އޮފިޝަލަކު ދުވަހަށް މައުލޫމާތުދިން ގޮތުގައި، މި ވެބްސައިޓް މެދުވެރިކޮށް ތަކެތި އޯޑަރު ކުރާއިރު ތަކެތީގެ ތަފްސީލާއި އަގު ފެންނަން ހުންނާނެއެވެ. އަދި މި ވެބްސައިޓް މެދުވެރިކޮށް ތަކެތި ގަންނައިރު ވެބްސައިޓުގައި ރަޖިސްޓްރީ ކުރުން ކޮންމެހެން މުހިންމު ނޫންކަމަށް ވެސް އޮފިޝަލް މައުލޫމާތު ދެއެވެ.

މިދުވަސްވަރު ބަލައިގަންނަނީ ހަމައެކަނި އޮންލައިން ޕޭމަންޓް ނުވަތަ ބީއެމްއެލް ޓްރާންސްފަރ އެވެ. ހިލޭ ޑެލިވަރީގެ ހިދުމަތްވެސް ދެމުންދާނެއެވެ.

ކިވާއީ ފިހާރައިން ގޭތެރެ ޒީނަތްތެރި ކުރާ އެތައް ސާމާނެއް ހެޔޮ އަގުގައި ލިބެން ހުރިއިރު، މިފިހާރައިން ލިބޭ މަގްބޫލު ސާމާނުތަކުގެ ތެރޭގައި އަރޯމާ ޕްރޮޑަކްސް، ހިއުމިޑިފަޔަރ، އެއްސެންޝިއަލް އޮއިލްސް އާއި ސްޓޯރޭޖް ޕްރޮޑަކްސްއެވެ.

މިފިހާރަ ހުންނަނީ މާފަންނު ބިސްބުރު ކައިރީއެވެ. މިފިހާރައާއި އިތުރު މައުލޫމާތު ކިވާއީ ފޭސްބުކް ޕޭޖުގައިވެސް ލިބެން ހުންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް