އެޗްއީއޯސީ ފްރަންޓްލައިން މުވައްޒަފުންގެ އެކަމަޑޭޝަން ހަމަޖައްސައިދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި މަސައްކަތްކުރައްވާ ފްރަންޓްލައިން މުވައްޒަފުންގެ އެކަމަޑޭޝަން ހަމަޖެއްސުމަށް، މިކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފި...

28 Aug 2020 | 04:45

ކޮވިޑް-19 އާއި ގުޅިގެން ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި މަސައްކަތްކުރައްވާ ފްރަންޓްލައިން މުވައްޒަފުންގެ އެކަމަޑޭޝަން ހަމަޖެއްސުމަށް، މިކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 30 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 07 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 14:00 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވާ ކަމަށާއި މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (ދަރުބާރުގެ، އަމީނީމަގު) ގައި ކަމަށެވެ.

"މި އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 13 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުމަށް ދެންނެވީމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.

އެޗްއީއޯސީގެ މުވައްޒަފުންނަށް އެކަމަޑޭޝަން ހަމަޖައްސައިދޭން ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު، ކުރިން ކޯވިޑް ކަންކަން ބަލަހައްޓަމުން ދިޔައީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ނަމުގައެވެ. ކޯވިޑު ހާލަތާއި ގުޅިގެން އިއުލާނުކުރި ފުރަބަންދަށް ލުއި ދިނުމުގެ މަރުހަލާގައި އެންއީއޯސީ އުވާލައި، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އަށް ބަދަލުކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް