ކޯވިޑް-19 ގައި އިއުލާނުކުރި ފުރަބަންދަށް ދީފައިވާ ލުއިތަކާއެކު އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް، ހިދުމަތްދޭ ތަންތަނުން އަމަލުކުރޭތޯ ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ކުރިޔަށްގެންދާ އިންސްޕެކްޝަން ގައި ކޯވިޑް19 އާއި ގުޅިގެން ހެދިފައިވާ އުސޫލުތަކާ ޙިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދުކުރެވޭނެ ކަމަށެވެ.
މި އިންސްޕެޝަނުގައި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ފިހާރަތައް ފަދަ އާންމު ހިދުމަތްދޭ ތަންތަން ބަލައި، އެތަންތަނުން އަމަލުކުރަމުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތައްތޯ މާދަމާ ބަލާނެއެވެ.
މިފަދަ އިންސްޕެކްޝަނެއް މި މަހުގެ މެދުތެރޭގައިވެސް ކުރިއަށްގެންދިޔައެވެ. އެޗްޕީއޭއިން އެ އިންސްޕެކްޝަނަށްފަހު ބުނެފައިވަނީ ގިނަ ތަންތަނުން އަމަލުކުރަމުންދަނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް