ރާއްޖެއިން މިއަދު 18:00 އާއި ހަމައަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 137 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ، މިއަދު 92 ދިވެހިން ކޮވިޑް-19 އަށް ފައްސިވެފަކަމަށާއި، ދެން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި ފިލިޕީންސް މީހެކެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 3506 އަށް އަރާފައެވެ.
މިއަދު ކޮވިޑް ބަލިން އެއްވެސް މީހަކު ރަނގަޅުވެފައެއް ނުވެއެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،547 އެވެ.
މިވަގުތު ފަރުވާގައި ތިބީ 929 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް