މީގެ ދެތިން ދުވަސްކުރިން ކޯވިޑް-19 އިން ރަނގަޅުވި، ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯއަށް މިހާރު މާސްކު މުހިންމު ނޫންކަމަށް ބުނެ އެ ގައުމުގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި އެ ގައުމުގެ ބައެއް ރައްޔިތުން މި ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް، ރައީސްގެ ސަޕޯޓަރުންނާ ބައްދަލުކުރި އިރު މާސްކު ތިރިކުރައްވައިގެން ހުންނެވުމުންނެވެ.
އިއްޔެގެ އެ ބައްދަލުވުމަށްފަހު މީޑީއާއަށް މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވެފައިވަނީ މިހާރު އޭނާ ފިޓު ކަމަށާއި ކޯވިޑް-19 ގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ކަމަށެވެ. ސިއްހަތު ރަނގަޅު މީހުންނަށް މި ބަލި ޖެހުނަސް މާ ބޮޑު ގެއްލުމެއް ނެތް ކަމަށެވެ.
އިއްޔެގެ ނިޔަލަށް ބްރެޒިލުން އެކަނި ދެ މިލިއަން މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން 87 ހާހަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް