ޔޫއްޕެގެ "ހުވާ ކޮށްފަބުނަން"ގެ ޝޫޓިން މިއަދު ފަށަނީ

ރާއްޖޭގެ އެންމެ މަޝްހޫރު އެކްޓަރ އަދި ހުނަރުވެރި ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ މުޅިން އައު ސީރީޒް ”ހުވާ ކޮށްފަބުނަން”ގެ ޝޫޓިން މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. ދުވަސް އަށް މައުލޫމާތު ދެއްވަމުނ...

28 Jul 2020 | 07:43

ރާއްޖޭގެ އެންމެ މަޝްހޫރު އެކްޓަރ އަދި ހުނަރުވެރި ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ މުޅިން އައު ސީރީޒް ”ހުވާ ކޮށްފަބުނަން”ގެ ޝޫޓިން މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.

ދުވަސް އަށް މައުލޫމާތު ދެއްވަމުން ޔޫއްޕެ ބުނީ، މިއީ ލޯބީގެ އާންމު ދިރިއުޅުމުގައި ހިނގާ މައްސަލަ ތަކެއްގެ މައްޗަށް އެކުލަވާކައިގެން ތައްޔާރު ކުރާ ދިގު ސީރީޒެއް ކަމަށެވެ. އަދި މިއަދު ޝޫޓިންގ ފެށިނަމަވެސް ދެ މަސް ދުވަސް ވަރު އެއްކޮށް ފުރިހަމަ ކުރުމަށް ނަގައިފާނެ ކަމަށްވެސް ޔޫއްޕެ ވަނީ ބުނެފައެވެ. އެއީ ޝޫޓިންގ ނަގަން ހަމަ ޖެހިފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށް ވާތީއެވެ. އަދި ފިލްމަކާއި ޚިލާފަށް މިއީ 26 އެޕިސޯޑް ގެ ސީރީޒަކަށް ވާތީއެވެ.

ހުވާ ކޮށްފަބުނަންގެ މައިގަނޑު ކާސްޓުންގެ ތެރޭގައި އަޙްމަދު ސަޢީދު، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ޢީސާ (އާނަންދު)، އަބްދުﷲ ޝިފާއު އިބްރާހިމް (ފުބޫ)، މަރްޔަމް ޝިފާ، ޝިޔާ އަދި ނަތާޝާ ހިމެނެއެވެ.

ޔޫއްޕެ ބުނީ، މި ސީރީޒް އެއްވެސް ބަޔަކަށް ވިއްކުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި، މި ދަނޑިވަޅުގައި ސިނަމާގައި އެޅުވެންވެސް ނެތުމުން، އާންމުންނާއި ހަމައަށް ގެނެސްދެވޭނީ ސެޕްޓެމްބަރު ހިސާބުގައި ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ސީރީޒް ހެދުމުގެ މަގްސަދަކީ، މިހާރު ރާއްޖެ މިއޮތް ހާލަތުގައި ގިނަ ތަރިންނަށް އާމްދަނީ ނުލިބޭތީ، އެ ކުދިންނަށް އާމްދަނީ ހޯދޭން މަގު ފަހިކޮށްދިނުން ކަމަށް ވެސް ޔޫއްޕެ ވަނީ ބުނެފައެވެ.

މި ސީރީޒަކީ ޔޫއްޕެގެ 37 ވަނަ ޕްރޮޑަކްޝަނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް