ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ފުލް ލޮކްޑައުނެއްގައި އޮތުމަށްފަހު އިންޑޮނޭސިއާގައިވެސް އިގްތިސޯދު އަލުން އާރާސްތު ކުރުމަށް ލޮކްޑައުނަށް ލުއިތަކެއް ދީ އޮފީސްތައްވެސް ހުޅުވާލާފައިވާއިރު އޮފީސްތަކުން ޕޮޒިޓިވް ވަމުން އަންނަ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.
އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ގިނައިން އޮފީސްތަކުން ޕޮޒިޓިވް ވަނީ އޮފީސްތަކުގެ ބައެއް މާހައުލުތަކުގައި ވެންޓިލޭޝަން ރަނގަޅު ނޫން ކަމުންނެވެ. އަދި އިޖްތިމާއީ ގައިދުރުކަން ގާއިމްކުރާނެހާ ޖާގަވެސް އޮފީސްތަކުގައި ނުހުންނާތީއެވެ.
އޮފީސްތަކުން މީހުން ޕޮޒިޓިވް ވަމުން އަންނަ ނިސްބަތަށް ބަލާއިރު އަނެއްކާ އަލުން އޮފީސްތައް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.
އިންޑޮނޭސިއާގައި މިހާތަނަށް ޖުމްލަ 100303 މީހަކަށް ކޯވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 10000 މީހަކަށް ކޯވިޑް ޖެހިފައިވަނީ ވެރިރަށް ޖަކާޓާއިންނެވެ. އެ ގައުމުން މި ވައިރަހުގައި މިހާތަނަށް 4838 މީހަކު މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް