ރަސްމާދޫ ބަނދަރު ތަރައްގީ ކުރަން އީއައިއޭ ހުއްދަ ލިބުނުތާ 10 ދުވަސްތެރޭ އެމްޓީސީސީން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފި

ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމައްޓަކައި އެމްޓީސީސީން 26 ޖުލައި 2020 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ. މި މަޝްރޫޢަށް ބޭނުންވާ އީއައިއޭ ހުއްދަ ދީފައި...

28 Jul 2020 | 06:20

ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމައްޓަކައި އެމްޓީސީސީން 26 ޖުލައި 2020 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

މި މަޝްރޫޢަށް ބޭނުންވާ އީއައިއޭ ހުއްދަ ދީފައިވަނީ 16 ޖުލައި 2020ގައެވެ.

އެމްޓީސީސީން މައުލޫމާތުދެއްވާގޮތުގައި މި މަޝްރޫޢުގެ ދަށުން 9000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 377 މީޓަރު ސަރަހައްދުގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 600 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ހަރުކޮށް، މޫރިންގް ބުއޯއި ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 18.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 10 ޑިސެމްބަރ 2019 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް