ކޯވިޑް-19 އަށް އިތުރު 19 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވެފައިވަނީ ހަތް ދިވެއްސަކާއި 12 ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 10 މީހަކާއި އިންޑިއާ ދެ މީހެކެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ 36 މީހުންނެވެ. މިހާރު ބައްޔަށް ފަރުވާދެމުންދަނީ 400 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ނުވަ މީހަކަށެވެ.
ރާއްޖެއިން އެންމެ ގިނައިން ވައިރަހަށް ޕޮސިޓިވްވެފައިވަނީ އުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނެވެ. އެޗްޕީއޭއިން ބުނީ ރާއްޖެއިން ޕޮސިޓިވްވާ ގިނަ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަ ކަމަށެވެ.
މި ބަލީގައި ހާލު ސީރިއަސް ވަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ހިމެނެ އެވެ.
މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 2،324 މީހުންނެވެ. އޭގެ ތެރެއިން 1،911 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ވައިރަސްއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވަނީ އަށް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް