ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރު ދައުވެއް އުފައިފި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިތުރު ދައުވާއެއްގެ ގޮތުގައި ޝަރީއަތަށް ހުށަހެޅީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކަން ހިނގާފައިވާ ގޮތަށް ބަލައިގެންނެވެ. މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ޔާމީން 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ ކަން އެނގޭ ކަމަށް ޕީޖީން ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ބުނީ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ރ.)ގެ ދަށުން ކަމަށެވެ. މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިއަދު ދައުވާ އުފުލި މައްސަލައަކީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް