ސަފާރީގައި ޖިންސީ ގޯނާ ކުރި މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އިން ބަލަން ފަށައިފި އެވެ. އެޗްއާރުސީއެމުން ބުނީ އެ މައްސަލައިގެ ތަހުގީގު އެ ކޮމިޝަނުން ފަށާފ...

28 Jun 2020 | 13:02

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އިން ބަލަން ފަށައިފި އެވެ.

އެޗްއާރުސީއެމުން ބުނީ އެ މައްސަލައިގެ ތަހުގީގު އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލް އަދި ދެވެން ނެތް ކަމަށް މީޑިއާގައި ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިނިވަން މުއައްސަސާތަކުން ކުރާ ތަހުގީގަށް ފުލުހުންގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމަށެވެ.

އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 39 އަަހަރުގެ ދެ ފިރިހެނުންނެވެ. އެކަމަކު ހައްޔަރުކޮށްފައި ބެހެއްޓުމަށް އެކަށީގެންވާ ސަބަބެއް ނެތުމުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު މި މައްސަލައިގަ ފުލުހުން ތިބީ ދޭނެ ޖަވާބެއް ނޭނގިފައި އެވެ. ނޫސްވެރިންގެ ފަރާތުން ގިނަ ސުވާލުތަކެއް ކުރިމަތިވާން ފެށުމުން ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް