ލޮކްޑައުންގެ ލުޔާއި އެކު ކޮއްކޮމެންގެ ޓެލިކިލާސް ދައްކާ ގަޑިއަށް ބަދަލު ގެނެސްފި

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާތީ އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދާ "ކޮއްކޮމެންގެ ޓެލިކިލާސް" ދައްކާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ. މީގެ ކުރިން ކޮއްކޮމެންގެ ޓެލި ކިލާސް ދ...

28 Jun 2020 | 08:26

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާތީ އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދާ "ކޮއްކޮމެންގެ ޓެލިކިލާސް" ދައްކާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މީގެ ކުރިން ކޮއްކޮމެންގެ ޓެލި ކިލާސް ދައްކަމުން ދިޔައީ ޔޫކޭޖީ ދަރިވަރުންނަށް ހަވީރު 5:00 ގައި އަދި އެލްޖޭކީ ދަރިވަރުންނަށް 5:30 ގައި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ފައުންޑޭޝަން ސްޓޭޖުގެ ކުދިންނަށް ޓެލިކިލާސް ދައްކަމުން އައި ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. މި ބަދަލު ގެންނަން ނިންމީ ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުންގައި އޮތުމަށް ފަހު ލޮކްޑައުންއަށް ދީފައިވާ ލުއިތަކާއި ގުޅިގެން ކަމަށެވެ.

ލޮކްޑައުންއަށް ދިން ލުއި ތަކާއި އެކު ކުޑަކުދިން ހިތްހަމަ ޖައްސާލަން ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވަނީ ހަވީރު 4:00 ން 6:00 އަށެވެ. މިނިސްޓްރީން ބުނީ ކޮއްކޮމެންގެ ޓެލި ކްލާސް ދައްކާ ގަޑިއަށް ބަދަލު ގެންނަން ނިންމީ ކުޑަކުދިން ބޭރަށް ނުކުތުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މި ބަދަލާއި އެކު މާދަމާއިން ފެށިގެން ޔޫކޭޖީ ކުދިންގެ ޓެލިކިލާސް ދައްކާނީ މެންދުރު 2:15 ން 2:45 އަށެވެ. އަދި އެލްކޭޖީ ކުދިންގެ ކްލާސް ދައްކާނީ މެންދުރު 2:45 ން 3:15 އަށެވެ.

ކޮއްކޮމެންގެ ޓެލިކިލާސްތައް ދައްކަމުން ދަނީ ދިވެހި ޗެނަލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް