މެކްސިކޯގައި ހޭންޑް ސެނެޓައިޒާ ބުއި ތިން މީހަކު މަރުވެ އިތުރު މީހަކު ލޯ އަނދިރި ވެއްޖެ އެވެ.
މި ހާދިސާތައް ހިނގާފައިވަނީ މިދިޔަ މަހުގެ އެކި ދުވަސްތަކުގެ ތެރޭގައި އެވެ. އެ އެންމެންވެސް ބޮއެފައި ވަނީ މަސްތުވާން ބޭނުން ކުރާ މެެތަނޯލް ބޭނުންކޮށްގެން އުފައްދާފައި ހުންނަ ސެނިޓައިޒާ އެވެ.
ސެނެޓައިޒާ ބުއިމުގެ އިތުރު ކޭސްތަކެއް ހުށަހެޅިފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރެއިން ލޯއަނދިރިވި މީހާ އާއި ސެނެޓައިޒާ ބުއި އިތުރު ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ.
މެކްސިކޯއިން ބުނެފައިވާގޮތުގައި ސެނެޓައިޒާ ބުއިމުގެ މި މައްސަލަތަކަކީ ކޯވިޑް-19 އާއި ގުޅިގެން ލޮކްޑައުންގައި މާ ގިނަ ދުވަހު އޮންނަން ޖެހުމުން ދިމާވި މައްސަލަތައް ކަމަށެވެ. އެއީ މަސްތުވާނެ އެއްޗެހި ނުލިބުމުން ރާބުއިމަށް ދެވިހިފާފައި ތިބި މީހުން ރަލުގެ ބަދަލުގައި ސެނަޓައިޒާ ބޯތީ އެވެ.
މެތެނޯލްއަކީ އަލްކަހޯލްގެ ވަރަށް ނުރައްކާތެރި ބާވަތެެކެވެ. މެތެލޯން ބޭނުން ކުރުމުގެ ސަބަބުން ލޯ އަނދިރިވުމާއި ކިޑްނީ ހަލާކުވުމާއި އަދި މަރުވުން ފަދަ ހާދިސާތަަކާ ކުރިމަތިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް