ރޭގައި އިއުލާނުކުރި ލުއިތަކާއެކު މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރު ކޮށްފިއެވެ.
މިގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ ލިޔުމުގައި ބުނެފައިވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާރިޗް މަހުގެ 12 ގައި އިއުލާނުކޮށްފައިވީހިނދު، އެ ގާނޫނުން އޭނާއަށް ލިބިދޭ ބާރުގެ ދަށުން، މިހާރު މާލ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުން، ލުއިތަކާއެކު 14 ދުވަހުގެ މުއްދަތަށް އިތުރުކުރާކަން އަންގާކަމަށެވެ.
ދީފައިވާ ލުއިތައް
01. ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް ދިނުން އިތުރުކުރުން.
02. އުމުރުން 60 (ފަސްދޮޅަސް) އަހަރުން މަތީގެ ފަރާތްތަކަށް (އެހީތެރިޔަކު ބޭނުންވާނަމަ އެމީހަކާއެކު) ހުއްދަ ލިބިގެން، ފަތިހު ފަހަކުން ހެނދުނު އަށަކަށް ތިން ގަޑިއިރަށް ބޭރަށް ނިކުމެ އުޅުން
03. މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން
04. މާލެއާއި ތިލަފުއްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުތައް ކުރުމުގެ ހުއްދަ ދިނުން އިތުރުކުރުން
05. ހުއްދަ ލިބިގެން ސިނާއީ މަސައްކަތްކުރަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަކަށް ދިއުމާއި، އެމީހުން ދިރިއުޅޭ ތަނަށް އެނބުރި އައުން
06. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅައި އާންމުކުރާ އުސޫލެއްގެ ދަށުން ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުން
07. ކޮންސްޓްރަކްޝަން މަސައްކަތްތައް، މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ ފަރާތްތަކުގެ ހުއްދަ ލިބިގެން ކުރިއަށް ގެންދިއުން
08. ބޭންކުން ކަނޑައަޅާ އުސޫލުގެ ދަށުން ބެންކުތަކުން ދެވޭ ހިދުމަތްތައް އިތުރުކުރުން
09. ސިއްހީ ހިދުމަތާއި އެހެނިހެން އާންމު ހިދުމަތްތައް ދިނުން އިތުރުކުރުން
މިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް