އެޗްއައިއެޗް ފެސިލިޓީގެ ނަރުހަކަށް ފުލުހަކު ޖިންސީ ފުރައްސާ ކުރި މައްސަލައެއް!

އައިސޮލޭޝަން ފެސިލިޓީއެއްގައި މަސައްކަތް ކުރާ ނަރުހަކަށް އެ ތަނުގެ ސެކިއުރިޓީ ކަންކަމާއި ހަވާލުވެގެން އުޅޭ ފުލުހަކު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ. މި ކަން ހިނގާފައިވަނީ ހުޅުލ...

28 May 2020 | 09:58

އައިސޮލޭޝަން ފެސިލިޓީއެއްގައި މަސައްކަތް ކުރާ ނަރުހަކަށް އެ ތަނުގެ ސެކިއުރިޓީ ކަންކަމާއި ހަވާލުވެގެން އުޅޭ ފުލުހަކު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި ކަން ހިނގާފައިވަނީ ހުޅުލޭ އައިލެންޑް ހޮޮޓެލްގައި ހިންގާ އައިސޮލޭޝަން ފެސިލިޓީގައި އެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާއިން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެކަމަކު ފުލުސް މީހާގެ ފަރާތުން ޖިންސީ ފުރައްސާރަކޮށްފައިވަނީ ނަރުހަކަށް ކަމެއް ނުބުނެ އެވެ. ފުލުހުން ބުނީ އެ ފެސިލިޓީގެ އެހެން ދާއިރާއެއްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލަގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ބުންޏެވެ. އަދި ބުނީ އެ މައްސަލަ ފުލުހުންގެ ސްޓޭންޑާޑް ކޮމާންޑުންވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ26 ވަނަ ދުވަހު އެވެ.

މިމަހުގެ މެދު ތެރޭގައި ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ ޑޮކްޓަރަކާއި އެ ފެސިލިޓީ އާއި ހަވާލުވެގެން ހުންނެވި ސިފައިންގެ ކޮމާންޑަރު ދަންވަރު އެކަހެރިވެ، ސިފައިންގެ ކޮމާންޑަރުގެ ކޮޓަރިން ޑޮކްޓަރު ނުކުންނަތަން ފެނުނު މައްސަލައެއްވެސް ފެންމަތިވި އެވެ. ފުލުހުން އެ މައްސަލަ ބަލާފައިވަނީ ޝަކުވާއެއްގެ ގޮތުގައި އެވެ.

އެ މައްސަލައިގަ ޑޮކްޓަރު މާލެ ގެނައި ނަމަވެސް ސިފައިންގެ މީހާއަށް ފިޔަވަޅެއް އެޅިކަމެއް ނޭނގެ އެވެ. މިކަން ފަޅާ އަރުވާލީ އެ ތަނުގައި ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ފުލުހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް