ފުރަތަމަ ދެ ހަފްތާގައި ބޭރަށް ނުނިކުމެވެނީ ކުޑަކުދިންނަށް އެކަނި!

މިއަދުން ފެށިގެން މާލޭ ސިޓީގެ ލޮކްޑައުންއަށް ލުއި ދިނުމުގެ ފުރަތަމަ ފިޔަވަ ފެށިފައިވާއިރު ބޭރަށް ނުކުމެ އުޅުން މަނަލީ ކުޑަކުދިންނަށް އެކަންޏެވެ. އެޗްޕީއޭއިން ރޭ ބުނީ ކުޑަކުދިންނަށް ބޭރަށް ނުކުމެވޭނީ ދ...

28 May 2020 | 08:46

މިއަދުން ފެށިގެން މާލޭ ސިޓީގެ ލޮކްޑައުންއަށް ލުއި ދިނުމުގެ ފުރަތަމަ ފިޔަވަ ފެށިފައިވާއިރު ބޭރަށް ނުކުމެ އުޅުން މަނަލީ ކުޑަކުދިންނަށް އެކަންޏެވެ.

އެޗްޕީއޭއިން ރޭ ބުނީ ކުޑަކުދިންނަށް ބޭރަށް ނުކުމެވޭނީ ދެވަނަ ފިޔަވަހީގެ ދަށުން ދެ ހަފްތާ ފަހުން ކަމަށެވެ. މާލޭގެ ލޮކްޑައުންއަށް މިއަދުން ފެށިގެން ލުއިދީ އާންމު ހުރިހާ ހިދުމަތްތަކެއް ވަކި އުސޫލުތަކެއްގެ ތެރެއިން ކުރިޔަށް ގެންދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ.

އެޗްޕީއޭއިން ބުނީ އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް އާންމުންނަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެން ބޭރަށް ނުކުމެވޭނެ ކަމަށެވެ. މީގެ ތެރެއިން 60 އަހަރުން މަތީގެ މީހުންނަށް ބޭރަށް ނުކުމެވޭ ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފަތިހު5:00 ން ހެނދުނު8:00 އަށެވެ.

އެހެން ގަޑިތަކުގައި ބޭރަށް ނުކުތުމުގެ ހުއްދަ ބޮޑެތި މީހުންނަށް ދީފައިވައިވަނީ ފުލުހުން މެދުވެރިކޮށް ހުއްދަ ހޯދައިގެން ދުވާލަކު ގެއަކުން ތިން މީހުންނަށެވެ. މިގޮތަށް ނުކުތުމުގެ ހުއްދަ ދެނީ ބާޒާރު ކުރުމަށާއި ވަޒީފަ އަދާ ކުރުމާއި އެނޫން ހިދުމަތްތައް ހޯދުމަށެވެ.

އެޗްޕީއޭއިން ބުނީ މި ހުއްދައިގެ ދަށުން އާއިލާގެ ގޭގެއާއި އެނޫން ގޭގެއަށް ޒިޔާރަތް ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މަގުމަތީގައި އުޅޭއިރު އިޖްތިމާއީ ގައިދުރު ކަމަށް ސަމާލުކަންދީ މާސްކު އަޅަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް