ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ. މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މެޓް އޮފީހުން އޮތީ ވައިޓް އެލާޓު ނެރެފައި އެވެ. އެ އިދާރާއިން ލަފާ...

28 May 2020 | 07:23

ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މެޓް އޮފީހުން އޮތީ ވައިޓް އެލާޓު ނެރެފައި އެވެ. އެ އިދާރާއިން ލަފާ ކުރާ ގޮތުގައި އުތުރާއި މެދު ރާއްޖެ ތެރެއަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން45 މޭލަށް ވައި ގަދަވާނެ އެވެ.

އެހެންވެ ކޯސްޓުގާޑުން ބުނެފައިވަނީ މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރަށް ފެށުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ކޮންމެ އަހަރުވެސް ހުޅަނގު މޫސުމުގެ ވިއްސާއިގަ ކަނޑުގަދަވެ އެތައް އުޅަނދަކަށް ކޯސްޓުގާޑުން އެހީތެރިކަން ފޯރުކޮށްދޭންޖެހެ އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަ ވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް