ކޯވިޑް-19 އަށް ޕޮސިޓިވްވި އިތުރު10 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.
މިމީހުންނަކީ އިއްޔެ ބަލިން ރަނގަޅުވި މީހުންނެވެ. ބަލިން ރަނގަޅުވި މީހުންގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.
އިއްޔެ ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދަކީ43 ކެވެ. އެންމެ ފުރަތަމަ އިއްޔެ ބަލި ޖެހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވަނީ 19 މީހުންނަށެވެ. ފަހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ވަނީ އިތުރު24 މީހަކަށް ބަލި ޖެހުނުކަން ހާމަކޮށްފައި އެވެ.
އިތުރު ދިހަ މީހަކު ބަލިން ރަނގަޅުވުމާއި އެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ242 އަށް އިތުރުވެފައި އެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
ބަލި ޖެހުނު މީހުންގެ އަދަދު ވަނީ1،481 އަށް އިތުރުވެފައި އެވެ.
އެޗްޕީއޭއިން ބުނީ މިހާރު ބަލި ޖެހެމުން ދަނީ މާލޭގެ އާބާދިއަށް ބަލާއިރު އާދައިގެ ވަރަކަށް ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވް ފަސް މީހަކު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް