ހުދު ސަމާލު: ހއ. އިން އއ. އަށް މޫސުން ގޯސް

ރާއްޖޭގެ އެންމެ އުތުރު ކަމަށްވާ ހއ. އަތޮޅުން ފެށިގެން މެދުރާއްޖޭގެ އަތޮޅެއް ކަމށްވާ އއ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާ...

27 May 2020 | 23:38

ރާއްޖޭގެ އެންމެ އުތުރު ކަމަށްވާ ހއ. އަތޮޅުން ފެށިގެން މެދުރާއްޖޭގެ އަތޮޅެއް ކަމށްވާ އއ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ފަތިހު 04:00 އިން ފެށިގެން ހެނދުނު 09:00 އާއި ހަމައަށެވެ.

މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

ނުވަ އަތޮޅަކަށް ހުދު ސަމާލު ނެރެފައިވާއިރު މެޓް އޮފީހުން ބުނެފައިވާގޮތުގައި ރާއްޖެއަށް މިހާރު ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ނަމަވެސް އިންޑިއާގެ މެޓް އޮފީހުން ބުނެފައިވާގޮތުގައި އަރަބި ކަނޑުގައި ލޯ ޕްރެޝަރެއް އުފެދިދާނެ ކަމުގެ ސެޓަޕެއް ފެންނަމުން އަންނަތާ ދެތިން ދުވަހެއް ވަނީ ވެފައެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ސެޓަޕް ލޯ ޕްރެޝަރަކަށް ބަދަލުވެދާނެ ކަމުގައިވެސް އަންދާޒާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް