ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން މަރުވެފައިވަނީ އުމުރުން 50 އަހަރުގެ އިންޑިއާ މީހެއް ކަމަށެވެ. އެމީހާ މަރުވީ މިރޭ 8:44 ގައި އެވެ.
މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގެ ކޯވިޑް އައިސީޔޫގައި އެވެ. މިއީ މިއަދު އެތަނުގައި ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ދެ ވަނަ މީހާ އެވެ.
މިއަދު ކުރިން މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ކޯވިޑް އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އުމުރުން 85 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ މެންދުރު 1:13 ގައި އެވެ.
މިރޭ ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް މަރުވި އިންޑިއާ މިހާ އާއި އެކު ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 73 އަށް އަރާފަ އެވެ. އަދި މިމަހުގެ މި ބަލީގައި ފަސް މީހަކު މަރުވެފައިވެ އެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުން ދާއިރު މިހާރު އެންމެ ބޮޑަށް ބަލި ފެތުރެނީ ރަށްރަށުގަ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިށް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 29،000 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް