މާންދޫ ކްލަސްޓާ: ގަމުން އިތުރު 18، މާންދޫން އިތުރު 89، ދަނބިދޫން އިތުރު ދެ ކޭސް

މާންދޫ ކްލަސްޓާއިން މިރޭ އިތުރު 108 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ރާއްޖެއިން މިއަދު 464 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މި އަދަދުގެ ތެރެއިން 18 ކޭހަކީ ލ. ގަމަށް ނިސްބަތްވާ ކޭސްތައް ކަމަށާއި 89 ކޭސ...

28 Apr 2021 | 17:48

މާންދޫ ކްލަސްޓާއިން މިރޭ އިތުރު 108 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ރާއްޖެއިން މިއަދު 464 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މި އަދަދުގެ ތެރެއިން 18 ކޭހަކީ ލ. ގަމަށް ނިސްބަތްވާ ކޭސްތައް ކަމަށާއި 89 ކޭސްއަކީ ލ. މާންދުއަށް ނިސްބަތްވާ ކޭސްތައް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ބުނެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ ގަމުން މިއަދުގެ އަދަދު 18 އަށް އަރާފައިވާކަމަށާއި މާންދޫން އަދަދު ސީދާ ބުނަން މިވަގުތު ދަތި ކަމަށެވެ. ނަމަވެސް ދަނބިދޫން އިތުރު ދެމީހަކު ޕޮޒިޓިވް ވެފައިވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މާންދޫ ކްލަސްޓާއިން އިތުރު 108 މީހަކު ޕޮޒިޓިވް ވެފައިވާއިރު މި ކްލަސްޓާގެ ޖުމްލަ މިހާރު މިވަނީ 250 އަށްވުރެ މައްޗަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް