އޮންލައިން ކޮށް ވެކްސިން ޓޯކަން ނަމްބަރު ދެން ދޫ ނުކުރާނެ

ކޮވިޑް -19 ދިފާއު ކުރުމަށް ޖަހަމުން ދާ ވެކްސިނަށް އޮންލައިން ކޮށް ދެން ނަންބަރު ދޫ ނުކުރާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް ދެ ސެންޓަރެއް ހާއްސަކުރެވިފައި ވާ ކަން ހާމ...

28 Apr 2021 | 15:23

ކޮވިޑް -19 ދިފާއު ކުރުމަށް ޖަހަމުން ދާ ވެކްސިނަށް އޮންލައިން ކޮށް ދެން ނަންބަރު ދޫ ނުކުރާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް ދެ ސެންޓަރެއް ހާއްސަކުރެވިފައި ވާ ކަން ހާމަކުރަމުން އެޗްޕީއޭއިން ބުނެފައި ވަނީ، އެ ދެ ސެންޓަރުން ޓޯކަން ދޫކުރާނެ ކަމަށާއި، އޮންލައިން ކޮށް ނަންބަރު ދޫ ނުކުރާނެ ކަމަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގައެވެ. ސޯޝަލް ސެންތަރުގައި900 ޓޯކަން ދޫކުރަން ހަަމަޖެހިފައި ވާއިރު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގައި ދޫކުރަން ހަމަޖެހިފައި ވަނީ300 ޓޯކަން އެވެ. ޓޯކަން ދޫކުރަން ފަށާވީ21:00 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި މިހާތަނަށް 88،649 މީހުން ކޮވިޑް ދިފާއު ވެކްސިންގެ ދެ ޑޯޒް ޖަހާފައި ވާއިރު، 293،429 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ރާއްޖޭގައި ދެމުން އަންނަނީ ކޮވިޝީލްޑް، ސިނޮފާމް އަދި ފައިޒާ ވެކްސިންއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް