ކޮވިޑުގައި ރާއްޖެއިން އިތުރު ދިވެއްސަކު ދުނިޔެ ދޫކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މިއަދު މެންދުރު 01:13 ހާއިރު ދުނިޔެ ދޫކޮށްފައިވަނީ އުމުރުން 85 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްފައިވާ ފަރާތެއް ކަމުގައިވެސް ތަސްލީމާ ވިދާޅުވިއެވެ.
ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 72 މީހަކު ދުނިޔެ ދޫކޮށްފައިވާއިރު ކޮވިޑުގެ ހާލަތު އަނެއްކާވެސް ރާއްޖޭގައި މިވަނީ ނުރައްކާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް