މާންދޫ ކްލަސްޓާ: އިތުރު 13 މީހަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 161 އަށް

ލ. އަތޮޅުގައި އުފެދިފައިވާ ލ. މާންދޫ ކްލަސްޓާއިން އިތުރު 13 މީހަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 161 އަށް އަރައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ގަމު ކައުންސިލުން މިހާރު ކުރިއަށްގެންދާ ލައިވް ވީޑިއޯ ކޮންފަ...

28 Apr 2021 | 11:40

ލ. އަތޮޅުގައި އުފެދިފައިވާ ލ. މާންދޫ ކްލަސްޓާއިން އިތުރު 13 މީހަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 161 އަށް އަރައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ގަމު ކައުންސިލުން މިހާރު ކުރިއަށްގެންދާ ލައިވް ވީޑިއޯ ކޮންފަރެންސްގައެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ މިއަދު ޕޮޒިޓިވް ވި 13 މީހުންނަކީ މާންދޫގައި ތިބި މާންދޫ މުވައްޒަފުން ކަމަށެވެ.

މާންދޫ ކްލަސްޓާގެ ޖުމްލަ އަދަދު 161 އަށް އަރާފައިވާއިރު މި ކްލަސްޓާ، ލ. ގަން، ފޮނަދޫ އަދި ދަނބިދުއަށް ވަނީ ފެތުރިފައެވެ.

އެގޮތުން ލ. ގަމުން15 މީހަކު ޕޮޒިޓިވް ވެފައިވާއިރު ފޮނަދޫން ދެމީހަކު އަދި ދަނބިދޫން ދެމީހަކު ޕޮޒިޓިވް ވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް