މިފަހަރު ޑރ ޝަހީމް އިމާމުވެ ދަމު ނަމާދު ކުރާނީ ހުޅުމާލޭ މިސްކިތަކުގައި

ރަމަޟާން 20 ވަނަ ދުވަހުން ފެށިގެން ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދު އިމާމުވެ ދަމު ނަމާދު ކުރާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ޝަހީމް ވިދާޅުވީ، މިފަހަރު އިމާމުވެ ދަމު ނަމާދު ކުރާ ގޮތަށް ހަމަޖެހިފައި ވަ...

28 Apr 2021 | 10:49

ރަމަޟާން 20 ވަނަ ދުވަހުން ފެށިގެން ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދު އިމާމުވެ ދަމު ނަމާދު ކުރާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ، މިފަހަރު އިމާމުވެ ދަމު ނަމާދު ކުރާ ގޮތަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ މިސްކިތެއްގައި ކަމަށެވެ. އެގޮތުން އިމާމުވެ ދަމު ނަމާދު ކުރަން ހަަމަޖެހިފައި ވަނީ ހުޅުމާލޭ ފިތުރޯނު މަގުގައި އަލަށް އިމާރާތް ކުރި 'ދިގަލި މިސްކިތު' ގައި ކަމަށް ބުނެފައިވެއެވެ.

އެމްޕީއެލް ކުރިމަތީގައި ހުންނަ މި މިސްކިތުގައި ރަމަޟާން މަހުގެ20 ވަނަ ދުވަހުން ފެށިގެން ދަމު ނަމާދު ކުރަން ފަށާއިރު، ދަމު ނަމާދު ކުރަން ފަށާގަޑިއަކީ2.00 ކަމަށް ޝަހީމް ވިދާޅުވިއެވެ.

https://twitter.com/Mohamedshaheem1/status/1387346227918823424

މީގެ ކުރިން އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރެއްވި ޝަހީމް ވިދާޅުވީ، ޚިޔާލު ތަފާތު ވީ ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަތިން ހަނދުމަފުޅުވަނީ މިފަދަ ދުވަހެއްގައި ކަމަށެވެ.

އެގޮތުން ނަޝީދުގެ ވެރިކަމުގައި، ޝަހީމް އާ އެންމެ ބޮޑަށް ޚިޔާލު ތަފާތު ވީ ދުވަސްވަރުވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރަން ޝަހީމަށް ފުރުސަތު ދެއްވި ކަމަށެވެ. އަދި އެކަމަށްޓަކައި ޝަހީމް ވަނީ ނަޝީދަށް ޝުކުރު އަދާކޮށްފައެވެ.

ނަމަވެސް މިފަހަރު އެކަން ވާ ގޮތެއް ނުވި ކަމަށް ޝަހީމް ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ސަބަބު ހާމައެއް ނުކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް