ކޮވިޑު: ޖަލުތަކުގައި ޖުމްލަ 53 ކޭސް، އެންމެ ގިނައީ މާލޭ ޖަލުގައި

ޖަލުތަކުގައި ކޮވިޑު ކޭސްތަކުގެ އަދަދު 53 އަށް އަރައިފިއެވެ. މި އަދަދު 53 އަށް އަރާފައިވާއިރު ކަރެކްޝަންސުން މިއަދު ހާމަކޮށްފައިވާގޮތުގައި ޕޮޒިޓިވް ކޭސްތައް އެންމެ ގިނައީ މާލެ ޖަލުގައެވެ. އެގޮތުން މާލެ...

28 Apr 2021 | 10:39

ޖަލުތަކުގައި ކޮވިޑު ކޭސްތަކުގެ އަދަދު 53 އަށް އަރައިފިއެވެ.

މި އަދަދު 53 އަށް އަރާފައިވާއިރު ކަރެކްޝަންސުން މިއަދު ހާމަކޮށްފައިވާގޮތުގައި ޕޮޒިޓިވް ކޭސްތައް އެންމެ ގިނައީ މާލެ ޖަލުގައެވެ.

އެގޮތުން މާލެ ޖަލުގައި ތިން އޮފިސަރުން/މުވައްޒަފުން ޕޮޒިޓިވް ވެފައި ވާއިރު 20 ގައިދީން/ބަންދު މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ދެން އެންމެ ގިނައީ މާފުށި ޖަލުގައެވެ. މާފުށި ޖަލުގައި އޮފިސަރުން/މުވައްޒަފުން 17 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ގައިދީއަކު އެ ޖަލުން ޕޮޒިޓިވް ވެފައެއް ނުވެއެވެ.

އައްސޭރި ޖަލުން އޮފިސަރުން/މުވައްޒަފުން 12 މީހަކު ޕޮޒިޓިވް ވެފައިވާއިރު ހުޅުމާލެ ޖަލުން އޮފިސަރުން/މުވައްޒަފުން އެކަކު ޕޮޒިޓިވް ކަމަށް ކަރެކްޝަންސުން ބުނެއެވެ.

ޖުމްލަ އަދަދު ތަކަށް ބަލާލާއިރު 33 އޮފިސަރުން/މުވައްޒަފުން ޕޮޒިޓިވް ވެފައިވާއިރު 22 ގައިދީން/ބަންދު މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ކަރަންޓީނުގައި 105 އޮފިސަރުން/މުވައްޒަފުން ތިބިއިރު 22 ގައިދީން/ބަންދު މީހުން ކަރަންޓީނުގައި ތިބި ކަމަށްވެސް ކަރެކްޝަންސުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް