ހާއްސަ ހުއްދައާއެކު އިދިކޮޅު 3 މެމްބަރަކު މާވަށަށް

ސިޔާސީ ހަރަކާތްތައް ހިންގެވުމަށް ދަތުރު ކުރެއްވުމަށް މަޖިލީހުގެ އިދާރާއިން ދޭ ޚާއްސަ ހުއްދައިގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ހުއްދާއެކު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ 3 މެމްބަރަކު ލ. މާވަށަށް ވަޑައިގެ...

28 Apr 2021 | 10:16

ސިޔާސީ ހަރަކާތްތައް ހިންގެވުމަށް ދަތުރު ކުރެއްވުމަށް މަޖިލީހުގެ އިދާރާއިން ދޭ ޚާއްސަ ހުއްދައިގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ހުއްދާއެކު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ 3 މެމްބަރަކު ލ. މާވަށަށް ވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވީ ލ. މާވަށަށް ވަޑައިގެންފައިވަނީ އެ ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފްއެވެ.

މި 3 މެންބަރުން މާވަށަށް ވަޑައިގެންނެވީ ކައުންސިލް އިންތިހާބުގައި މާވަށު ކައުންސިލް ރައީސްގެ ވޯޓް އެއްވަރުވުމުން އެއްވޯޓް ފޮއްޓެއްގެ ވޯޓް އަންނަ ހޮނިހިރު ދުވަހު އަލުން ނަގަން ހަމަޖެހިފައި އޮތުމުންނެވެ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން، އިންތިޚާބުތަކުގެ ކެމްޕޭނަށާއި ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރުމަށާއި އެހެނިހެން ސިޔާސީ ހަރަކާތްތައް ވެސް ހިންގެވުމަށް ދަތުރު ކުރުމަށް މަޖިލީހުގެ އިދާރާއިން ހުއްދަ ދޫކުރާނެއެވެ. މި ހުއްދަ ދޫކުރަނީ އެދަތުރުތައް ކުރުމަށް މަޖިލީހުގެ މެންބަރުން ސަލާން ވިދާޅުވާން ނުޖެހޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް