ފައިސާތަކެއް ވަގަށް ނެގި އާދިލް އެނގޭނަމަ ފުލުހުންނާ ހިއްސާކުރައްވާ

ގެއަކުން ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން ބުނެފައި ވަނީ، ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން،  މީހަކު ހޯދުމުގެ މަސައްކަ...

28 Apr 2021 | 07:13

ގެއަކުން ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނެފައި ވަނީ، ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން،  މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ދިގުވާނޑު، ގެރަދޫގެ، އަޙްމަދު އާދިލް (26އ) އެވެ.

އަޙްމަދު އާދިލް ހޯދަމުން ދަނީ ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

ވީމާ އަޙްމަދު އާދިލް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅަައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން  ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ވައްކަން ކުރުމުގެ މިފަދަ މައްސަލަތައް މި ފަހަކަށް އަހިސް ކޮންމެ ދުވަހަކު ފެންމަތި ވަމުން ދާއިރު، މިފަހުން ވަނީ، އދ. ދަނގެތީ މިސްކިތެއްގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއް ވަނީ ވަގަށް ނަގައިފައެވެ.

އަދި އިއްޔެ ވަނީ އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ފަށައިފައެވެ. މިއަދު ހެނދުނު ފުލުހުން ވަނީ ގެއަކުން ގޭސް ފުޅިއެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ވީޑިއޯއެއް އާއްމުކޮށްފައެވެ.

މި ނޫނަސް ވައްކަމުގެ އެތައް މައްސަލަތަކަކާ ގުޅިގެން މި ބަރަކާތްތެރި ރަމަޟާން މަހުގައި ވެސް ފުލުހުން ވަނީ މީހުން ހޯދަން ވީޑިއޯ އާއްމުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް