ހިޔާ ފްލެޓްތައް ދިނުމަށް ގުރުއަތު ނަގާ ގަޑިތަކަށް ބަދަލުތަކެއް

ހިޔާ މަޝްރޫޢުގެ އެކި ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުންގެ ފްލެޓް ނަންބަރު ކަނޑައެޅުމަށް ކުރިއަށްގެންދާ ގުރުއަތުލުން ނަގާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. އެ ގުރުއަތުލުންތައް ކުރިއަށް ގެންދާ ހައު...

28 Apr 2021 | 07:08

ހިޔާ މަޝްރޫޢުގެ އެކި ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުންގެ ފްލެޓް ނަންބަރު ކަނޑައެޅުމަށް ކުރިއަށްގެންދާ ގުރުއަތުލުން ނަގާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެ ގުރުއަތުލުންތައް ކުރިއަށް ގެންދާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ބުނީ، މިއަދުން ފެށިގެން ހިޔާ ފްލެޓްގެ ގުރުއަތުލުން ނަގާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. މިއަދުން ފެށިގެން ފުރަތަމަ ދަންފަޅީގައި ގުރުއަތުލުން ކުރިއަށްދާނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. ދެވަނަ ދަންފަޅީގައި ގުރުއަތު ނަގާނީ މެންދުރުފަހު 12:30 އިން ހަވީރު 15:15 އަށް ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މީގެކުރިން ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ފުރަތަމަ ދަންފަޅި ހެނދުނު 9:00 އިން 12:00 އަށެވެ. އަދި ދެވަނަ ދަންފަޅި މެންދުރު 13:00 އިން ހަވީރު 15:00 އާއި ހަމައަށެވެ.

ހިޔާ މަޝްރޫޢުގެ ގުރުއަތުނެގުން ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ފުރަތަމަ ދުވަހު ގުރުއަތު ނަގާފައިވަނީ " ޚާއްސަ އެހީއަށް ބޭނުންވާ މީހުން"ގެ ކެޓަގަރީންނެވެ. މިކެޓަގަރީގެ 188 މީހުންގެ ގުރުއަތުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ނުނިމި ހުރި ކެޓަގަރީތަކުގެ ގުރުއަތުނެގުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

މި ކެޓަގަރީތަކުގެ އިތުރަށް ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފްލެޓް ލިބި، ފައިސާ ނުދެއްކިގެން ފްލެޓް ލިބިފައި ނުވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފްލެޓް ޚިޔާރުކޮށްފައިވާ މީހުންނާއި ގުޅީފަޅުން ފްލެޓް ގަނެފައިވާ މީހުންގެ ތެރެއިން ހިޔާ ފްލެޓް ޚިޔާރުކުރި ފަރާތްތައްވެސް ހިމެނެއެވެ.

ގުރުއަތުނަގާނީ، ހައުސިންގ މިނިސްޓްރީން އެޗްޑީސީއަށް ފޮނުވާފައިވާ ލިސްޓުގައިވާ މީހުންގެ އައިޑީކާޑު ނަންބަރު ތަރުތީބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް