ހޮނިހިރު ދުވަހު ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 09:00 ހަވީރު 16:00އަށް

ކައުންސިލް އިންތިޙާބުގެ އަލުން ވޯޓުލުން ބާއްވާ ދާއިރާތަކުގެ ވޯޓްލުން ކުރިޔަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އޭޕްރިލް މަހުގެ 1...

28 Apr 2021 | 06:48

ކައުންސިލް އިންތިޙާބުގެ އަލުން ވޯޓުލުން ބާއްވާ ދާއިރާތަކުގެ ވޯޓްލުން ކުރިޔަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގެ 12 ދާއިރާއެއްގައި އަލުން ވޯޓްލުން ކުރިޔަށް ގެންދިޔުމަށް އިލްކެޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ދާއިރާތަކުގައި އަލުން ވޯޓްލުން ބާއްވަނީ ކެނޑިޑޭޓުންނަށް ލިބުނު ވޯޓް އެއްވަރު ވެގެންނާއި ވޯޓުގައި ބައެއް މައްސަލަތައް ދިމާވެގެންނެވެ.

ވޯޓްގައި މައްސަލަ ދިމާވެގެން އަލުން ވޯޓްލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ 2 ރަށެއްގައެވެ. އެއީ ތ. ގާދިއްފުއްޓާއި، ލ. މާވަށެވެ. ވޯޓުގެ ނަތީޖާ އެއްވަރުވެގެން އަލުން އިންތިޙާބު އޮންނާނީ 4 ދާއިރާއެއްގައެވެ. މީގެއިތުރުން އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ނަތީޖާ އެއްވަރުވުމުން 6 ދައިރާގައި އަލުން އިންތިޚާބު ބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ހއ.ތަކަންދޫ އަންހެނުންގެ ޚާއްސަ ގޮނޑި، ބ.ކިހާދޫ ކައުންސިލް މެމްބަރު، މ.ރަތްމަންދޫ ކައުންސިލް ރައީސް، ފ.ދަރަނބޫދޫ އަންހެނުންގެ ޚާއްސަ ގޮނޑި، ލ.މާވާށު ކައުންސިލް ރައީސް، ލ.މާވަށު ކައުންސިލް މެމްބަރު އަދި ތ.ގާދިއްފުށި އަންހެނުންގެ ޚާއްސަ ގޮނޑި އެވެ.

އިލްކެޝަންސް ކޮމިޝަންގެ މާސްޓަރ ޓެރެއިނަރ މުޙައްމަދު ޝަފީއު ވިދާޅުވީ އަންނަ ހޮނިހުރު ދުވަހު ބާއްވާ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެ ނިންމާފައިވާކަމަށެވެ. ޝަފީއު ވިދާޅުވީ ކިތަންމެ މަދު ކެނޑިޑޭޓުންތަކެއްގެ މެދުގައި ވޯޓުލުން ކުރިއަށްގެންދިޔަ ނަމަވެސް، ކަނޑައެޅިފައިވާ ވަގުތުގައި ވީހާވެސް ގިނަ ބަޔަކު ވޯޓުލައި ނިންމުމަކީ މުހިއްމު ކަމެއްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް