ފެންނަނީ ރާއްޖެތެރޭ ރައީސަކު ނެގުނީތީ ނިކަމެތި ކުރައްވާތަން، ރައީސް ނަޝީދު ކުރަނީ ޖެއްސުން: ރީކޯ މޫސަ

މިހާރު ފެންނަމުން މިދަނީ ރާއްޖެތެރޭ ރައީސަކު ނެގުނީތީ ނިކަމެތި ކުރައްވާތަން ކަމަށާއި ރައީސް ނަޝީދު ކުރަނީ ޖެއްސުން ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ...

28 Apr 2021 | 06:16

މިހާރު ފެންނަމުން މިދަނީ ރާއްޖެތެރޭ ރައީސަކު ނެގުނީތީ ނިކަމެތި ކުރައްވާތަން ކަމަށާއި ރައީސް ނަޝީދު ކުރަނީ ޖެއްސުން ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ވަން ޑިޖިޓަލް ޕްލެޓްފޯމް ވަން ޕްލަސްގެ ވަން ޓު ވަން ގެ ރޭގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

" އެމްޑީޕީ މީހުންނަށް އެބަފެނޭ ދެބައިވެގެން ގޮސްފައިވާތަން، އިސް މީހާ ،ރާއްޖެތެރޭ ރައީސަކު ނެގުނީތީ ނިކަމެތި ކުރައްވާތަން އެބަ ފެނޭ ފާޅުކޮށް އެބަ އެނގޭ އެކަން" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ކިތަންމެ ފޮރުވައިގެން ތިއްބަސް ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު މައްސަލަ އުޅޭކަން އެބަ އެނގޭކަމަށެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ މޭޔަރުކަން ނުލިބުނީ ރައީސް ނަޝީދު ފެކްޝަނުން ރައީސް ސޯލިހަށް އޮތް ތާއީދު ދައްކަން ބޭނުން ނުވެ، މާލޭ މޭޔަރުކަން ހޯދަން މަސައްކަތް ނުކުރުމުން ކަމަށެވެ.

"އެމްޑީޕީން ކެމްޕޭނެއް ކުރާނަމަ ފޯނުތަކަށް މެސެޖުވެސް ދާނެ، މި ފަހަރު އެވަރުވެސް ނުކުރޭ، މަޖިލީހުގައިވެސް ދެއްކީ އިދިކޮޅުން ދައްކަން ޖެހޭ ވާހަކަ" ފްލެޓޭ ކިޔައިގެން ހިނގާދިޔަ ކަންކަމަށް އިޝާރާތްކޮށް މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމޭ ކިޔައިގެން މިހާރު އުޅެނީ އިންތިހާބުން ފެއިލް ވުމުން އެކަމުގެ އަޑު ކަނޑުވާލާ އެކަން ފޫބެއްދުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް