ގަވާއިދަށް ނުފެތޭ ޓެކްސީތަކަށް ހުޅުލެއަށް ނުވަދެވޭނެ: ފުލުހުން

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ޓެކްސީތަކުން އަމަލުކުރަންޖެހޭ މިންގަނޑަށާއި ގަވާއިދަށް ނުފެތޭ ޓެކްސީތަކަށް ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓް އޮންނަ ހުޅުލެ އަށް ނުވަދެވޭނެ ކަމަށް ފުލުުހުން ބުނެފި އ...

28 Apr 2021 | 05:45

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ޓެކްސީތަކުން އަމަލުކުރަންޖެހޭ މިންގަނޑަށާއި ގަވާއިދަށް ނުފެތޭ ޓެކްސީތަކަށް ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓް އޮންނަ ހުޅުލެ އަށް ނުވަދެވޭނެ ކަމަށް ފުލުުހުން ބުނެފި އެވެ.

ހަލުއިކަމާއކު ކޯވިޑް-19 ފެތުރެމުންދާ މި ހާލަތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއާޕޯޓަށް ދަތުކުރާ ޓެކްސީ، އަދި އެހެނިހެން ވެހިކަލްތައް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ބެލުމަށް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެޗްޕީއޭން އެކުލަވާލާފައިވާ ގަވާއިދު ނުވަތަ އުސޫލުގައިވާ ގޮތުން ޓެކްސީތަކުގައި ޑްރައިވަރު ޝީޓާ ފަސިންޖަރުން ތިބޭ ސީޓާ ދެމެދު ޕާޓިޝަން ހުންނަން ވާނެ އެވެ. ޑްރައިވަރުން ވެސް ފަސިންޖަރުން ވެސް ތިބެންވާނީ މާސްކު އަޅައިގެންނެވެ. ދަތުރުގައި ޓެކްސީގެ ފަހަތުގެ ކުޑަދޮރުތައް ހުންނަން ވާނީ ބިއްލޫރިގަނޑު ތިރިއަށް ކަހާލައިފަ އެވެ.

ފުލުުހުން ބުނީ ހުޅުލެއަށް ދިއުމަށް ހުއްދަދެވޭނީ މިންގަނޑަށް ފެތޭ އުޅަނދުތަކަށް އެކަނި ކަމަށެވެ. އޭގެ އިތުރުން މާލެއާއި ހުޅުމާލޭގައި ދުއްވާ ޓެކްސީ އާއި އުޅަނދުތައް ޗެކް ކުރަމުންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް