ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރަން އަދި ނުނިންމާ: ކަރެކްޝަންސް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޭބަންދަށް ބަދަލުކުރުމަށް އަދި ވަކިގޮތެއް ނިންމަވާފައިނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެފިއެވެ. ކަރެކްޝަނަލް ސާރވިސްއިން ބުނީ، ރައީސް ޔާ...

28 Apr 2021 | 05:35

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޭބަންދަށް ބަދަލުކުރުމަށް އަދި ވަކިގޮތެއް ނިންމަވާފައިނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެފިއެވެ.

ކަރެކްޝަނަލް ސާރވިސްއިން ބުނީ، ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށް މަޝްވަރާކުރެވެމުންދާ ކަމަށާއި، ނަމަވެސް އަދި ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދެއްވުމަށް އެދި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީފުޅެއެއް ފޮނުއްވާފައެވެ.

މަނީ ލޯންޑަރިންގގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅުއްވައި ޖަލު ހުކުމެއް ފުރުއްވަމުން ގެންދަވާ، ރައީސް ޔާމީން ގެޔަށް ބަދަލު ކުރަން ނިންމާފައިވާއިރު، އެމަނިކުފާނު ވަނީ ޖަލުގައި 508 ދުވަސް ހޭދަ ކުރައްވާފައެވެ.

މިކަމާއި ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގައި ގޮތްތަކެއް ނިންމުމަށް، ބަލަން ޖެހޭ ކަންކަން މިހާރު ބައްލަވަމުން ގެންދަވާ ކަަމަށެވެ. އަރި ރައީސް ޔާމިންއަށް ދެރަތަ ގޮތެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީރު ވިދާޅުވީ، އެކަމާ ގުޅިގެން މަޝްވަރާތަައް އަދިވެސް ދަނީ ކުރިއަށް ކަމަށާއި މިހާތަނަށް އައިރު އަދި ވަކި ގޮތެއް ނިމިފައި ނުވާ ކަމަށެވެ.

"'[ރައީސް ޔާމީން] ގެއަށް ބަދަލު ކުރަން މިވަގުތު އަދި ނިންމާފައެއް ނެތް. އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް ނިންމުމެއް ނެތް،" މަބްރޫކު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް