ލ. ގަމުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ޓޭކްއަވޭ ހިދުމަތަށް ބަދަލުކުރުމަށް އަންގައިފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން ކައުންސިލުން އިތުރު ގޮތެއް އަންގަންދެން ގަމުގެ ސައި ހޮޓާ، ރެސްޓޯރެންޓް، އަދި ކެފޭތައް ޑައިން-އިން ހިދުމަތް ބަންދުކު...

28 Apr 2021 | 05:21

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން ކައުންސިލުން އިތުރު ގޮތެއް އަންގަންދެން ގަމުގެ ސައި ހޮޓާ، ރެސްޓޯރެންޓް، އަދި ކެފޭތައް ޑައިން-އިން ހިދުމަތް ބަންދުކުރުމަށް ލ. ގަމު ކައުންސިލުން އަންގައިފިއެވެ.

ކައުންސިލުން މި ގޮތަށް އެންގީ މިއަދު އާންމުކޮށް ނެރުނު ކުރު އެންގުމެއްގައެވެ.

"މިއަދު 28 އެޕްރީލް 2021 އިން ފެށިގެން ކައުންސިލުން އިތުރު ގޮތެއް އަންގަންދެން ގަމުގެ އެއްވެސް ސައި ހޮޓަލަކުން، ރެސްޓޯރެންޓަކުން، ކެފޭ އަކުން ޑެލިވަރީ އަދި ޓޭކް އަވޭގެ ޚިދުމަތް ފިޔަވައި އިތުރު ޚިދުމަތެއް ދިނުމަކީ މަނާކަމެއް ކަމުގައި ދަންނަވަން. މި ކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުން ދެއްވުން އެދެން-" ކައުންސިލްގެ އެންގުމުގައި ބުނެފައި ވެއެވެ.

ލ. ގަމުން މިހާތަނަށް އިތުރު 15 މީހަަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައިއެވެ. މި މީހުންނަކީ ލ. މާންދޫ ކްލްސްޓާއާ ގުޅުން ހުރި ބައެކެވެ.

ލ. ގަމުގެ އިތުުރުން، ލ. ފޮނަދޫ އަދި ލ. ދަނބިދުއަށް މި ކްލަސްޓާ ވަނީ ފެތުރިފައެވެ، އެގޮތުން ފޮނަދޫން ދެމީހަކު އަދި ދަނބިދޫން ދެމީހަކު ޕޮޒިޓިވް ވެފައިވެއެެވެ. މާންދޫ ކްލަސްޓާގެ އެކްޓިވް ކޭސްގެ ޖުމްލަ ވަނީ 148 އަށް އަރާފައެވެ.

ލ. މާންދޫ ކްލަސްޓާ ފެށުނީ 23 ވީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް