ގެއަކުން ގޭސް ފުޅިއެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ވީޑިއޯ އާއްމުކުރުމަށް ފަހު ފުލުހުން ބުނެފައި ވަނީ، ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މި މަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައި ހޭންވެރު ގެއަކުން ގޭސް ފުޅިއެއް ވަގަށް ނެގިކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެމީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ އެކަން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް އެންގުމަށް އެދޭ ކަމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.
ވައްކަން ކުރުމުގެ މިފަދަ މައްސަލަތައް މި ފަހަކަށް އަހިސް ކޮންމެ ދުވަހަކު ފެންމަތި ވަމުން ދާއިރު، މިފަހުން ވަނީ، އދ. ދަނގެތީ މިސްކިތެއްގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއް ވަނީ ވަގަށް ނަގައިފައެވެ.
އަދި އިއްޔެ ވަނީ އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ފަށައިފައެވެ.
މި ނޫނަސް ވައްކަމުގެ އެތައް މައްސަލަތަކަކާ ގުޅިގެން މި ބަރަކާތްތެރި ރަމަޟާން މަހުގައި ވެސް ފުލުހުން ވަނީ މީހުން ހޯދަން ވީޑިއޯ އާއްމުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް