މާންދޫ ކްލަސްޓާ: ދަނބިދޫން ދެމީހަކު ޕޮޒިޓިވް ވެ ކޮވިޑު ލ. އަތޮޅުގެ ހަތަރު ރަށަކަށް

ލ. މާންދޫ ކްލަސްޓާއާއި ގުޅުންހުރި ދެމީހަކު ލ. ދަނބިދޫން ޕޮޒިޓިވް ވެއްޖެއެވެ. ދަނބިދޫން ދެމީހަކު ޕޮޒިޓިވް ވެފައިވަނީ ރޭގެ ވަގުތެއްގައެވެ. "ލ.މާންދުއިން 22 އޭޕްރީލް ވަނަ ދުވަހު ދަނބިދުއަށް ދަތުރު ކުރި ދ...

28 Apr 2021 | 00:37

ލ. މާންދޫ ކްލަސްޓާއާއި ގުޅުންހުރި ދެމީހަކު ލ. ދަނބިދޫން ޕޮޒިޓިވް ވެއްޖެއެވެ. ދަނބިދޫން ދެމީހަކު ޕޮޒިޓިވް ވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

"ލ.މާންދުއިން 22 އޭޕްރީލް ވަނަ ދުވަހު ދަނބިދުއަށް ދަތުރު ކުރި ދެމީހުން (އަލަމާގެ އަދި ދޫރިޔާގެ) ނެގި ސުންކު ފައްސިވެފައި ވާތީ އެންމެންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މިދެމީހުންނާ ޑައިރެކްޓް ކޮންޓެކުޓް ވެފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް ޞިއްޙީ މަރުކަޒް ނުވަތަ ދަނބިދޫ  ކައުންސިލަށް އެންގެވުން އެދެމެވެ. އަދި 23 އޭޕްރީލް ވަނަ ދުވަހު ހުކުރަށް ދިޔަ ފަރާތްތަކުގެ ތެރެއިން ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހުން! އޭގެ އިތުރުން ޑައިރެކްޓް ކޮންޓެކުޓްވި އެއްވެސް ފަރާތެއް ހުރިނަމަ ލަސްނުކުރައްވާ އެކަން އެންގެވުން އެދެމެވެ." ދަނބިދޫ ސިއްހީ މަރުކަޒުން ބުނެފައިވެއެވެ.

ދަނބިދޫން ދެމީހަކު ޕޮޒިޓިވް ވެފައިވާއިރު ފޮނަދޫންވެސް ރޭގެ ވަގުތެއްގައި ދެމީހަކު ޕޮޒިޓިވް ވެފައިވެއެވެ. ގަމުންވެސް15 މީހަކު މި ކްލަސްޓާގައި ޕޮޒިޓިވް ވެފައިވެއެވެ.

މާންދޫ ކްލަސްޓާގެ ޖުމްލަ އަދަދު މިހާރު ވަނީ 148 އަށް އަރާފައެވެ. އަދި ނަތީޖާ ނުލިބި 413 ސާމްޕަލް ވާކަމުގައި ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް