މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ލ. މާންދޫން އުފެދުނު، ކޮވިޑުގެ މާންދޫ ކްލަސްޓާގައި މިހާތަނަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު 148 އަށް އަރައިފިއެވެ.
މި އަދަދު 148 އަށް އަރާފައިމިވަނީ އިއްޔެ އެކަނި 93 މީހަކު ޕޮޒިޓިވް ވުމުންނެވެ. އިއްޔެއާއި ހަމައަށ އެ އަދަދު އޮތީ 55 ގައެވެ.
މާންދޫ ކްލަސްޓާ މިހާރު ވަނީ އެ އަތޮޅުގެ އިތުރު ތިން ރަށަކަށް ފުޅާވެފައެވެ. އެއީ ފޮނަދުއާއި ގަމުގެ އިތުރުން ދަނބިދުއެވެ. ހަތަރު ރަށްރަށުގެ ވަކި ވަކި އަދަދުތަކަށް ބަލާލާއިރު މާންދޫން އެކަނި 129 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ގަމުން 15 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ފޮނަދޫ އަދި ދަނބިދޫން ދެމީހަކު ޕޮޒިޓިވް ވެފައިވެއެވެ.
މި ކްލަސްޓާ ފެށިގެން އައީ ގާސިމް އިބްރާހިމްގެ މަސް ފެކްޓަރީ ހިންގަމުން އަންނަ ލ. މާންދޫއިންނެވެ. ލ. މާންދޫއަކީ ގަމާއި ކައްދުއާއި އެއް ފަސްގަނޑެއްގައި އޮންނަ ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް