މާންދޫ ކްލަސްޓާ: ފޮނަދޫން ދެ މީހަކު ޕޮޒިޓިވްވެ މި ކްލަސްޓާ އަތޮޅުގެ ތިން ރަށަށް

މަސް ފެކްޓަރީ ހިންގަމުން އަންނަ ލ. މާންދޫއިން ފެށުނު ކޮވިޑުގެ މާންދޫ ކްލަސްޓާ ލ. ފޮނަދުއަށްވެސް ފޯރައިފިއެވެ. އެގޮތުން ފޮނަދޫން މިއަދު ދެމީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފަ...

27 Apr 2021 | 19:53

މަސް ފެކްޓަރީ ހިންގަމުން އަންނަ ލ. މާންދޫއިން ފެށުނު ކޮވިޑުގެ މާންދޫ ކްލަސްޓާ ލ. ފޮނަދުއަށްވެސް ފޯރައިފިއެވެ.

އެގޮތުން ފޮނަދޫން މިއަދު ދެމީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފައިވެއެވެ. އެއީ 22 ސާމްޕަލެއްގެ ތެރެއިން ޕޮޒިޓިވް ވި ދެ މީހަކު ކަމަށްވެސް ބުނެފައިވެއެވެ.

ފޮނަދޫން ދެ މީހަކު ޕޮޒިޓިވް ވެފައިވާއިރު ލ. ފޮނަދުއާއި މާންދޫގެ އިތުރުން ލ. ގަމަށްވެސް މި ކްލަސްޓާ ވަނީ ފެތުރިފައެވެ.

މާންދޫ ކްލަސްޓާއިން މިރޭވެސް 77 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ގަމުންވެސް ހަ މީހަކު ވަނީ މި ކްލަސްޓާގައި ޕޮޒިޓިވް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް