ކޮނޑޭ ގޮނޑުދޮށުގައި ހަ ފޫޓުގެ ކިނބުލެއް، މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި

ގއ. ކޮނޑޭ ގޮނޑުދޮށުން ހަ ފޫޓު އަށް އިންޗީގެ ދިގުމިން ހުރި ކިނބުލެއް ފެނިއްޖެ އެވެ. ފުލުހުން ބުނީ އެކަމުގެ ރިޕޯޓު ކޮށްފައިވަނީ މިރޭ8:45 ހާއިރު ކަމަށެވެ. އެ ކިނބޫ ފެނިފައިވަނީ އެ ރަށު ބަޔަކު މަސް ބާނަން...

28 Apr 2020 | 18:47

ގއ. ކޮނޑޭ ގޮނޑުދޮށުން ހަ ފޫޓު އަށް އިންޗީގެ ދިގުމިން ހުރި ކިނބުލެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެކަމުގެ ރިޕޯޓު ކޮށްފައިވަނީ މިރޭ8:45 ހާއިރު ކަމަށެވެ.

އެ ކިނބޫ ފެނިފައިވަނީ އެ ރަށު ބަޔަކު މަސް ބާނަންދާން ފުއްޓަރު ފަރާތުން ގޮނޑުދޮށަށް ފޭބި އިރު އެ ސަރަހައްދުންނެވެ. އެމީހުންނާއި ހަވާލާދީ ފުލުހުން ބުނީ އެ ކިނބޫ އޮތީ ރާޅު ޖަހާ ހިސާބަށް އަރާ ކަމަށެވެ.

ފުލުހުން އެރަށަށް ދިޔަ އިރު އެ ރަށު ބަޔަކު ވަނީ ކިނބުލުގައި ވާ ޖަހައި އައްސާފަ އެވެ.

ފުލުހުން ބުނީ މިހާރު އެ ކިނބޫ އޮތީ އެ އިދާރާގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން ނިންމަން ޖެހޭ ނިންމުންތައް ނިންމަމުންދާ ކަމަށެވެ.

މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޖުމެއިރާ ވިޓަވެލި ރިސޯޓުންނާއި، އއ. ރަސްދޫ ގޮނޑުދޮށުން ކިނބޫ ފެނިފައިވެ އެވެ. އޭގެ ތެރެއިން ރަސްދޫއިން ފެނުނު ކިނބޫ ފުލުހުންނާއި ހަވާލު ކުރި އިރު ޖުމެއިރާ ވިޓަވެލި ރިސޯޓުގެ ގޮނޑުދޮށުން ފެނުނު ކިނބޫ ވަނީ މޫދަށް ފައިބައިގެން ފިލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް