މިއަދު ކޯވިޑް އަށް ޕޮސިޓިވް މީހުންގެ އަދަދު 21 އަށް އަރައިފި

ނުރައްކާތެރި ކޯވިޑް-19 އަށް މިއަދު ޕޮސިޓިވްވި މީހުންގެ އަދަދު21 އަށް އަރައިފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މިރެއާ ހިސާބަށް21 މީހަކަ...

28 Apr 2020 | 17:35

ނުރައްކާތެރި ކޯވިޑް-19 އަށް މިއަދު ޕޮސިޓިވްވި މީހުންގެ އަދަދު21 އަށް އަރައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މިރެއާ ހިސާބަށް21 މީހަކަށް ބަލި ޖެހިފައިވާކަމަށެވެ. އެހެން ކަމަށްވާނަމަ އިތުރު ފަސް މީހަކު ވަނީ ކޯވިޑަށް ޕޮސިޓިވްވެފައި އެވެ.

އެއީ އެޗްޕީއޭއިން މިއަދު އެންމެ ފަހުން ހާމަ ކުރި މައުލޫމާތުތަކަށް ބަލާއިރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ245 ކެވެ. އިތުރު ފަސް މީހުން ޕޮސިޓިވް ވުމުން ޖުމްލަ އަދަދު ވަނީ250 އަށް އަރާފައި އެވެ.

މި ބަލި މާލޭގެ އިތުރުން ށ. ނަރުދޫގައި އާންމުންގެ މެދުގައި ފެތުރެމުންދާ ކަމަށް މިރޭ ޑރ. އަފްޒަލް ވިދާޅުވި އެވެ. މާލޭގެ އިތުރުން މިހާތަނަށް އަތޮޅު ތެރެއިން ބަލިފެނިފައިވަނީ ހއ. އުލިގަމާއި ށ. މިލަންދޫ އަދި ނަރުދޫ އިންނެވެ.

މާލޭގައި އެންމެ ހަލުވިކަމާއި އެކު ބަލި ފެތުރެމުންދާ ސަރަހައްދުގެ ގޮތުގައި އެޗްޕީއޭއިން ވަނީ ބާޒާރުމަތި ކަނޑައަޅާފައި އެވެ. އެޗްޕީއޭއިން ބުނީ މާލޭގައި ޕޮސިޓިވް ކޭސްތަކާއި ގުޅުން ހުރި މީހުންގެ ގޮތުގައި ޕޮސިޓިވްވާ ގިނަ ބަޔަކު ބާޒާރުމަތީގެ އެކި ވިޔަފާރިތަކާއި ގުޅިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް