ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީޙުގެ ގަވާއިދާ މިނިސްޓަރު އަބްދުﷲ އަމީން ހިލާފުވެވަޑައިގެންފައިވާކަމަށް ރައްޔިތންގެ މަޖިލީހުގެ ރައީސް ދެކިވަޑައިގަންނަވާކަމުގައި ރައްޔިތުންގެ މަޖިލީހުން ބުނެފައިވެއެވެ.
އެ ގޮތަށް މަޖިލީހުގެ ރައީސް ދެކެވަޑައިގެންނެވީ ސުވާލު ނޯޓިސް އަކަށް ޖަވާބުދެއްވުމަށް މިނސްޓަރު އަބްދުﷲ އަމީނަށް އެރުވުނު 14 ދުވަހުގެ ނޯޓިހުގެ މުއްދަތު 27 އޭޕްރީލް 2020 ގެ ނިޔަލަށް ހަމަވެ، ޖަވާބުދެއްވުމަށް މިއަދު 14:00 ގެ ނިޔަލަށް އެމަނިކުފާނަށް އެރުވިފައިވާ މުއްދަތު ހަމަވިއިރުވެސް ޖަވާބު ފޮނުއްވާފައިނުވާތީ ކަމަށް މަޖިލީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި އެ ސުވާލު ނޯޓިސް އަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް، މި ނިސްޓަރު އޮފް ހެލްތު އަބްދުﷲ އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވާފައިވާ ސުވާލު ނޯޓިސްއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް