މާލެ ސަރަހައްދުގައި އާންމުންގެ މެދުގައި ފެތުރެމުންދާ ކޯވިޑް-19 އަތޮޅު ތެރޭގައި ފެތުރެމުންދާ މިންވަރު ބެލުމަށް ކުރާ ސާވޭގައި ހަ ދާއިރާއެއްގައި ހަރަކާތްތެރިވާ މީހުންގެ ސާމްޕަލް ނަގާގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސައިފި އެވެ.
އެ އެޖެންސީން އެކުލަވާލާ އާންމުންކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ މާލޭ އާއި ރިސޯޓަކުން އަތޮޅު ތެރެއަށް ގޮސްފައިވާ ފަރާތެއް އެ ރަށަަކަށް ދިޔަތާ 14 ދުވަހުގެ ތެރޭގައި އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ، އެމީހެއްގެ ޓެސްޓު ހަދައި، ނަތީޖާ ލިބެންދެން އެމީހެއްގެ ޑައިރެކްޓު ކޮންޓެކްޓުން ގޭގައި ކަރަންޓީނު ކުރަންވާނެ ކަމަށެވެ. އަދި އާންމު ރޯގާތައް ޖެހިގެން އުޅޭ މީހުން ގޭގައި މަޑު ކުރަން އަންގަން ވާނެ ކަމަށެވެ.
ރަށެއްގައި ބަލި އުޅޭތޯ ބަލަށް ސާމްޕަލް ނަގަން ހަމަޖެހިފައިވާ ގޮތް:
- ރަށުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ކޮންމެ 10 މީހަކުން އެކަކު
- ގިނަ މީހުންނާއި ބައްދަލުވާ ފަރާތްތައް
- ފިހާރަތަކުގައި މަސައްކަތް ކުރާ ކޮންމެ 10 މީހަކުން އެކަކު
- ފެރީ ތަކުގައި މަސައްކަތް ކުރާ ކޮންމެ 10 މީހަކުން އެކަކު
- ހޮޓާ، ރެސްޓޯރެންޓް ތަކުގައި މަސައްކަތްކުރާ ކޮންމެ 10 މީހަކުން އެކަކު
- އެ ރަށެއްގައި މަސައްކަތްކުރާ ސިއްހީ ފަންނީ ހިދުމަތްތެރިންގެ އެއް ޕަސެންޓް މީހުން
ރަށުގައި އުޅޭ އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ، އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވެންދެން އެމީހަކު ބަހައްޓަންވާނީ ރަށުގައި ހަދާފައިވާ އައިސޮލެޝަން ފެސިލިޓީއެއްގައި ކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެ އެވެ. އަދި އޭނާގެ ޑައިރެކްޓު ކޮންޓެކްޓުން ކަރަންޓީނު ފެސިލިޓީއަކަށް ގެންދެވެންދެން ގޭގައި ނުވަތަ ރަށުގައި ކަނޑަައަޅާފައިވާ ތަނެއްގައި އެކަހެރިކުރަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
ރަށުގައި ބިދޭސިން އުޅޭނަމަ އެމީހުންގެ ލިސްޓެން ނަގަން އަންގާފައިވެ އެވެ. ރޯގާގެ އަލާމާތް ހުންނަ ނަމަ، އެމީހުން އުޅޭ ހިސާބަށް ގޮސް، ރޯގާގެ އަލާމާތް ހުންނަ ބިދޭސިން ރަށުތެރޭ ގިނަވެއްޖެ ނަމަ އެކަން އެޗްޕީއޭ އަށް ރިޕޯޓު ކުރުމަށް އުސޫލުގައި ވެއެވެ.
އުސޫލުގައިވާގޮތުން ކޯވިޑާ ގުޅޭގޮތުން ރަށުގެ ރައްޔިތުން، ހާއްސަކޮށް މާބަނޑު މީހުންނާއި ކުޑަކުދިން އަދި ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ދޭމީހުން ހޭލުންތެރިކޮށް ޖުމްލަކޮޤ ހުރިހާ ރައްޔިތުންވެސް ބައްޔާމެދު ހޭލުންތެރި ކުރަންވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް