މާލޭގައި ކޯވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަންނަން ފަށައިފި

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކޯވިޑް-19 ފެތުރެމުންދާ ވަރު ދެނެގަންނަން ހަދާ ސާވޭގެ މަސައްކަތް ފަށައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ އެ ސާވޭގެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ. އެ ސާވޭގަ...

28 Apr 2020 | 08:19

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކޯވިޑް-19 ފެތުރެމުންދާ ވަރު ދެނެގަންނަން ހަދާ ސާވޭގެ މަސައްކަތް ފަށައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ އެ ސާވޭގެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ. އެ ސާވޭގައި އިއްޔެ އެކަނި25 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު މަސައްކަތް އިއްޔެ ހުއްޓާލަން ޖެހުނީ ވިއްސާރައިގެ ސަބަބުން ކަމަށެވެ.

މި ސާވޭގައި މާލޭގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ މަގުމަތިން، ބާޒާރު މަތި، ހުޅުމާލެ އަދި ވިލިމާލެ އިންނެވެ.

މި ސާމްޕަލްތަކުގެ ނަތީޖާއިން ބަލި މާލެ ސަރަހައްދުގައި ފެތުރިފައިވާ ވަރާއި ސަރަހައްދުތައް އެނގިގެންދާނެ އެވެ. އަދި ބަލި ފެތުރެމުންދަނީ ކޮން ބައެއްގެ މެދުގައިކަން އެނގިގެންދާނެ އެވެ.

މި މަސައްކަތް ކުރަނީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. މި މަސައްކަތް މުޅި ރާއްޖޭގައި ކުރާނެ ކަމަށް ބުނެ އެވެ.

އެޗްޕީއޭއިން ކުރިން ބުނީ މާލޭގައި ބަލި ފެތުރެމުންދާ ބައެއް ސަރަހައްދުތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނަ މީހުން ޕޮސިޓިވްވެފައިވާ ކޭސްތަކާއި ބާޒާރު މައްޗާއި ގުޅުން ހުރި ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން228 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާއިރު ގިނަ މީހުން ޕޮސިޓިވްވެފައިވަނީ މާލެއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް